twitterviber whatsapp telegramfacebookyoutube instagram
19th August 2026

ދިއްދޫ އަމާންވެށިން ކޮވިޑަށް ޕޮޒިޓިވްވި ދެމީހަކު ފުނަދޫ ފެސިލިޓީއަށް ބަދަލުކޮށްފި

ޚަދީޖާ އާދަމް
Mar 22, 2021

ހއ. ދިއްދޫ އަމާންވެށިން ޕޮޒިޓިވްވި ދެ މީހަކު އިތުރު ފަރުވާއަށް ށ. އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.

ދިއްދޫ އަމާންވެށިން މިހާތަނަށް 12 ކުއްޖަކާއި އެކުދިން ބެލެހެއްޓުމުގައި އުޅޭ 4 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ހއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުސްމާން އަޝްރަފް ވިދާޅުވީ އިތުރު ފަރުވާއަށް ގެންގޮސްފައިވަނީ އަމާންވެއްޓަށް ގެންދިޔަ 15 ކުދިން ބެލުމަށް އެކުދިންނާއެކު އެތާ ކަރަންޓީނުގައި ތިބި ދެ ކެއަރޓޭކަރުން ކަމަށެވެ.

އަމާންވެށިން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހުގެ 12 ވަނަދުވަހުއެވެ. އަމާންވެށިން ކުއްޖަކު ޕޮޒިޓިވްވުމާއެކު، އެ ކުއްޖާއާއި ކޮންޓެކްޓްވި ހުރިހާ އެންމެންގެ ސާމްޕަލްވަނީ ނަގާފަ އެވެ. އަދި މި ސާމްޕަލްތަކުގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހު އިތުރު 10 ސާމްޕަލެއް ޕޮޒިޓިވްވިއެވެ.

ހއ އަމާން ވެށިން ޕޮޒިޓިވްވި ހުރިހާކުދިންވެސް ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައިވާ ކަމަށް ދިއްދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355