twitterviber whatsapp telegramfacebookyoutube instagram
22nd October 2025

ސައިނޯފާމް ވެކްސިން ދޭނީ 18 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް: އެޗްޕީއޭ

ޚަދީޖާ އާދަމް
Mar 23, 2021

ސައިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަހަރައްދުގައި ޖަހަން ފަށާފައިވާއިރު ވެކްސިން ދޭނީ 18 އަހަރާ 60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ފެބްރުއަރީ މަހު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވާއިރު މިހާތަނަށް ރާއްޖޭގައި ދީފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

ސައިނޯފާމް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ރާއްޖޭގައި ސައިނޯފާމްގެ 18،000 ޑޯޒް މިވަގުތު އެބަހުއްޓެވެ. އެ ވެކްސިންގެ ދެ ލައްކަ ޑޯޒް ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

ސައިނޯފާމް ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭއިރު، މި ވެކްސިންގެ ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަކުރާނެއެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިން ޖަހަން ފެށިއިރު، ފައިޒާ ވެކްސިނަށް ވެސް ރާއްޖެއިން ވަނީ ހުއްދަ ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355