twitterviber whatsapp telegramfacebookyoutube instagram
11th December 2025

އުރީދޫ ގެ އާ އާޗާ ޕްރިޕެއިޑް ޕްލޭންއާއެކު ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ

Mar 24, 2021

އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭންއެއްގެ ގޮތުގައި، 'އާޗާ ޑެއިލީ 2ޖީބީ' ޕްލޭން އުރީދޫއިން ތައާރަފްކޮށްފިއެވެ.

މި ޕްލޭންއާއިއެކު މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 750ރ އަށް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ 'އާޗާ ޕްރިޕެއިޑް' ޕްލޭންސް އާއެކު ކޮންމެ ދުވަހަކު އާޗާ 2ޖީބީ ޕްލޭންސްއާއެކު ކަސްޓަމަރުންނަށް މުޅި މަހަށް ބަހާލައިގެން ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:

• އުރީދޫ އެޕް http://ore.do/app
• އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD750” ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
• 1#929 އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރިޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355