twitterviber whatsapp telegramfacebookyoutube instagram
17th April 2024

މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކުގައި ވޯޓްލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާނަން: އީސީ

ޚަދީޖާ އާދަމް
Mar 25, 2021

މޮނީޓަރިންގގެ ހާލަތުގައި އޮންނަ ރަށްތަކުގައި ކުރިއަށް އޮތް އިންތިހާބުގައި ވޯޓްލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިހާބު ދުވަސްވަރާ ދިމާކޮށް ރަށެއް މޮނީޓަރިންގގެ ހާލަތަށް ގެނެސްފިނަމަ، އެ ރަށަކާ މެދު އަމަލު ކުރާނެ ގޮތުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާ ކޮށްފައިވާކަމަށް ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއެއްގައި ޝަރީވް ވަނި ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ މި ދަނޑިވަޅުގައި ވަރަށް ގިނަ ރަށްތައް މޮނީޓަރިންނަށް ލަމުންދާ ކަމަށާއި ނަމަވެސް އިންތިހާބު ބޭއްވުމަކީ ޒަރޫރީ ކަމެއް ކަމަށް އެޗްޕީއޭ އަށް ވެސް ފެންނާތީ، މިހާރު މަޝްވަރާ ކުރެވިފައި އޮތް ގޮތުން އެ ރަށަށް އެ ބޭނުންވާ ވޯޓް ފޮއްޓާއި ސާމާނުތައް ޖެޓީ މަތިން އިލެކްޝަންގެ މުވައްޒަފުން އެ ރަށަށް ނުފައިބާ ފޯކަލް ޕޮއިންޓުތަކާއި އޮފިޝަލުންނާ ހަވާލު ކުރާނެ ކަމަށެވެ.

އަދި ވަައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކު ނުވަތަ ކަރަންޓީންގައި ހުރި މީހަކަށް ވޯޓުލުމުގެ އުސޫލު އެޗްޕީއޭއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އެ އުސޫލު ފާސް ކުރުމުން އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ރަޖިސްޓަރކޮށްފައިވާ ފޮށީގެ ސަބަބުން 8000 މީހެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭތީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތުވެސް މީގެ ކުރިން ހުޅުވާލި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355