twitterviber whatsapp telegramfacebookyoutube instagram
18th June 2026

ފުލުހުންގެ ބޯޑަށް އާންމުގެ ތެރެއިން ކުރިމަތިލި މީހުން ނަންތައް ކޮމިޓީއަށް

ޚަދީޖާ އާދަމް
Mar 30, 2021

ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލި މީހުންގެ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން 6 މީހަކު ކުރިމަތިލާފައިވެއެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް އާންމުންގެ ތެރެއިން 2 މެމްބަރަކު ތިއްބަވަން ޖެހެއެވެ. މިހާތަނަށް އާންމުންގެ ތެރެއިން އެބޯޑަށް ކަނޑައެޅުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ ހާމިދު އަބްދުލް އަފޫރަށެވެ.

ނަންތައް ދިރާސަކުރެއްވުމަށްފަހު ވީހާވެސް އަވަހަކަށް މިކަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާގައި އެދިވަޑައިގެންފައެވެ.

ޕޮލިސް ބޯޑުގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މެންބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355