ރަމަޟާންމަހަކީ އެމަހަކަށްޓަކާ ދިވެހިން ހާއްސަ ތައްޔާރީ ތަކެއްވަމުންދާ މަހެކެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ޒަމާނުންސުރެ ދިވެހިން އެންމެ ބޮޑަށް ތައްޔާރީކުރަނީ ގޭތެރެ އެވެ. ގޭ މެދުގޯއްޗަށް ކަށިވެލިލައި ގޭތެރެ ޒީނަތްތެރިކުރުމުގެ އިތުރުން ބަދިގެ އަށް ބޭނުންވާ ސާމާނު ހޯދައި އާ ކުރުމަކީ ސަގާފަތުގެ ތެރެއަށް ވަދެފައިވާ ކަންކަމުގެ ތެރެއިން ދިވެހިން ކުރަމުންދާ ހާއްސަ ކަންކަމެވެ.
އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް (މޫލީ) ގައި ބަދިގެ ސާމާނު އާކޮށްލުމަށް ގިނަ ސާމާނުތަކެއް އެބަހުއްޓެވެ. ތަފާތު ރޭންޖްގެ މަޝްހޫރު ބްރޭންޑްތަކުގެ މި ސާމާނަކީ އިތުބާރު ހިފޭ ޕްރޮޑަކްޓްތަކެވެ.
ރޯދައަށް ހާއްސަކޮށް މޫލީގައި ބަދިގެއަށް ހާއްސަ ގިނަ އިތުބާރު ހިފޭ ޕްރޮޑަކްޓް ހުރިއިރު އެ ޕްލެޓްފޯމުގައި ހުރި ސާމާނުގެ ތެރެއިން މި ރޯދަމަހު ކޮންމެހެން ގަންނަ ޖެހޭ ހަ އައިޓަމެއް ފާހަގަކޮށްލާނަމެވެ.
ބާބަކިއު ގްރިލްގެ ތެރޭގައި އިލެކްޓްރިކް ގްރިލްވެސް މޫލީގައި އެބަހުއްޓެވެ. ރޯދަމަހުގެ ތަރާވީހް ނަމާދު ނިންމާފައި އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިންނާއެކު ބާބަކިއު ހަދާލުމަށް ކޮންމެހެންވެސް މި ގްރިލް ވަރަށް ކަމުދާނެ އެވެ. ކުޑަ އަގެއްގައި ފަސޭހަކަމާއެކު ނާށި ނުވަތަ ޗާކޯލް ބޭނުންނުކޮށް ދުން ނާރުވާ މާ ފަސޭހަކަމާއެކު ބާބަކިއު ހަދާލެވޭނެކަން ޔަގީނެވެ.
ގޭގައި މިހާރު ބޭނުންކުރަމުންދާ އަވަން ހުރީ ބާވެ އާކޮށްލަން ބޭނުންވެފައި ނޫން ތޯ އެވެ. މޫލީގައި ރަނގަޅު ފެންވަރުގެ ތަފާތު އަވަން އެބަހުއްޓެވެ. އެކި ސައިޒްގެ މޮޅު މީރުކޮށް ތަކެތި ފިހެލަން ބޭނުންނަމަ މީގެން އަވަނެއް އަވަހަށް ގަނެލަމާ ހިނގާށެވެ. ކޭކާއި ޕުޑިންތަކާއި ކުކުޅާއި ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރުކޮށްލަން ހަރަދު ކުޑަ މިއަވަންތައް ބޭނުންކުރެވިދާނެ އެވެ.
ރޯދަމަހަށް ބަދިގެ ތެރޭގައި ކާނާ ތައްޔާރުކޮށް އަވަދި ނެތި އުޅޭއިރު ޓީވީ ބަލާނެ ވަގުތެއް ނުވާނެ އެވެ. އެހެންވުމުން އެންމެ ކުރިން ފެށިގެންވެސް ރޯދަމަހުގެ ބައިވެރިޔާއަކަށްވެފައިވަނީ ރޭޑިއޯ އެވެ. ކުރުވާހަކަތަކާއި ރަސޫލާގެ ސިޔަރަތު ފަދަ ރޯދަމަހާ ގުޅޭ ރޯދަމަހުގެ ހަނދާންތަކުގެ އެންމެ އިސްދައުރެއް އަދާކުރާ ބައިވެރިޔަކަށްވާނީ ރޭޑިއޯ އެވެ. މޫލީގައި ޕޮކެޓް ރޭޑިއޯ ހާއްސަކޮށް ވިއްކަން އެހުރިހާ އެހެންވެ އެވެ.
ރޯދަމަހު ތަކެތި ތައްޔާރުކުރުމުގައި ހަރަކާތެރިވާއިރު އެންމެ މުހިންމު ކަމަކީ ވަގުތެވެ. ވަގުތު ސަލާމަތްކޮށް އަވަސް އެއްޗެހި މިކްސް ކޮށްލުމަކީ ހުރިހާ އަންހެންވެރިންގެ ހުވަފެނެކެވެ. ސްޓޭންޑް މިކްސްޗަރ މޫލީގައި ލިބެން ހުރިއިރު މިއީ ހަމަ ޔަގީންވެސް އަނބި މީހާއަށް މި ރޯދަމަހު ހަދިޔާއަކަށް ދޭން އެންމެ ރަނގަޅު އެއް ހަދިޔާއަކަށްވާނެ އެވެ.
ބަދިގެ ތެރޭގައި އެންމެ ގިނައިން ބޭނުންކުރާ އެކަށްޗަކީ ރައިސް ކުކަރ އެވެ. ރޯދައަށް ރަނގަޅު އިތުބާރު ހިފޭ ރައިސް ކުކަރއެއް ގަނެލުން ކިހެނެތްވާނެތޯ އެވެ. އުރީދޫ މޫލީގައި އަގުހެޔޮކޮށް ތަފާތު އެކި ސައިޒްގެ ރައިސް ކުކަރ ލިބެން ހުރިއިރު މި ރޯދަމަހަށް ބިރިޔާނި ކެއްކުމާއި ތަރުކާރީ މަޑުކޮށްލުމަށްވެސް މިވަރެއް ނޯންނާނެ އެވެ.
ތެލުލި ހެދިކާއަށް މީހުން ދޭ ސަމާލުކަމަށްވުރެ މިހާރު މީހުން ބޮޑަށް ބަލަނީ ހަށިގަނޑަށް ފައިދާހުރި ތަކެތި ބޭނުންކުރުމަށެވެ. އެހެންވުމުން ބަދިގެ ފުރިހަމަކޮށްލުމަށް ކޮންމެހެންވެސް ޓޯސްޓަރެއް ހުންނަން މަޖުބޫރެވެ. ރޯދަ ވީލާ ގަޑިއަށް އަނގަޔަށް މީރު ފައިދާ ހުރި ސޭންޑްވިޗެއް ތައްޔާރުކޮށްލެވޭނީ އޭރުންނެވެ. އެހާމެ އަގުހެޔޮ ފެންވަރު ރަނގަޅު ޓޯސްޓަރު މޫލީގައި އެބަހުއްޓެވެ. ނިކަން އަނބިމީހާ ހެއްވާލުމަށް ޓޯސްޓަރެއް މި ރޯދަމަހަށް ގަނެދެމާ ހިނގާށެވެ.
ރައްކާތެރިކަމާއެކު ގޭގައި ތިބެގެން މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލަދޭނެ އެވެ. މިއީ ދަތުރުފަތުރު މިދަތި ދުވަސްތަކުގައިވެސް ވިޔަފާރިކޮށްލުމަށް ވަރަށް ފަހި މަގެކެވެ. މޫލީގެ ރޯދަ އެސެންޝިއަލް ސެކްޝަނަކީ ބްރަދަރ ހޫޑް ގުރޫޕުން ގެނެސްދޭ ސެކްޝަނެކެވެ. މައި އުރީދޫ އެޕް ފޯނަށް އަޅާލުމުން މޫލީ އޮންލައިން ފިހާރައަށް ވަދެވޭނެ އެވެ.