twitterviber whatsapp telegramfacebookyoutube instagram
19th April 2025

ސީއެސްސީ ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރަން ކޮމެޓީއަށް

Mar 30, 2021

ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިތުރަށް ދިރާސާ ކުރަން މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވި މި ބިލް ކޮމެޓީއަށް ފޮނުވަން މިއަދު މަޖިލީހުގައި 34 މެންބަރުން ވޯޓުދެއްވި އެވެ.

ސީއެސްގެ ބިލް މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުވިއިރު ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެފަ އެވެ.

ސިވިލް ސާވިސްގެ ގާނޫނަށް ގިނަ އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގައި 11 މާއްދާއެއްގެ ބައިތަކަށް އިސްލާހު ގެންނަން ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މަދުވެގެން ދެ އަންހެން ބޭފުޅުން ތިބެން ޖެހޭ ގޮތަށްވެސް އިސްލާހު ހުށަހަޅާފައި ވެއެވެ. އިދިކޮޅު ޕީޕީއެމްގެ މެމްބަރުން އެ އިސްލާހަށް ތާއިދުކުރެއްވި ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން އެ އިސްލާހާ ދެކޮޅެވެ.

އަދި ޕާމަނަންޓް ސެކެޓްރީ ސީދާ މިނިސްޓަރަށް ވަކިކުރެވޭގޮތަށް ހުށަހެޅި ހުށަހެޅުމާއި ވަޒީފާ ދިނުމުގައި އިލްމީ ގޮތުން އެންމެ ރަނގަޅު މީހުނަށް ވަޒީފާތައް ދިނުމުގައި އިސްކަން ނުދޭންވެސް ހުށާއަޅާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355