twitterviber whatsapp telegramfacebookyoutube instagram
8th September 2026

ސައިނޯފާމްގެ ދެވަނަ ޑޯޒް ދެނީ ހަތަރު ހަފްތާ ފަހުން

ޚަދީޖާ އާދަމް
Mar 31, 2021

ސައިނޯފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފުތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. ސައިނޯފާމް ވެކްސިންގެ ރައްކާތެރިކަން ގާތްގަނޑަކަށް މަސް ދުވަހުން ލިބެއެވެ.

ޗައިނާގެ މި ވެކްސިން ރާއްޖޭގައި ދޭން ފެށީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިއްޔެގެ ނިޔަލަށް 1،807 މީހަކު ވަނީ އެ ވެކްސިން ޖަހައިފަ އެވެ. މިހާރު ޖަހަމުން އަންނަނީ ސައިނޮފާމްގެ ފުރަތަމަ ޑޯޒް ނަމަވެސް ޗައިނާ އިން ހަދިޔާކުރި ދެ ވަނަ ބެޗު މިހާރު ވަނީ ލިބިފަ އެވެ.

މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ޗައިނާގެ ވެކްސިން ޖެހުން ކުރިއަށް ގެންދެ އެވެ. ސައިނޯފާމް ވެކްސިން ޖަހައިދޭނީ އުމުރުން 18-60 އަހަރުގެ ދެމެދުގެ މީހުންނަށެވެ.

ސައިނޮފާމް ވެކްސިނަކީ މުޅި ވައިރަސްގެ ޖެނެޓިކް މެޓީރިއަލް ބޭނުންކޮށްގެން ހަދާ އިންއެކްޓިވޭޓެޑް ވެކްސިނެކެވެ.

އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިއުނައިޒޭޝަން ޓެގް ޓީމުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ވެކްސިން ޓެސްޓުކުރަން ކުރިއަށް ގެންދިޔަ ޓްރަޔަލްތަކުން އެފިކަސީ ރޭޓު ހުރީ 79-85 ޕަސެންޓާ ދެމެދުގައިކަން އެނގިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293