twitterviber whatsapp telegramfacebookyoutube instagram
28th March 2024

އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

ޚަދީޖާ އާދަމް
Apr 4, 2021

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާއްމުކޮށްފިއެވެ.

ވޯޓްލާ މީހުންގެ ލިސްޓު ގެޒެޓްގައި އާއްމުކޮށްފައި މިވަނީ ވަގުތީ ލިސްޓެއް ނެރުމަށްފަހު އެއަށް ޝަކުވާ ހުށައެޅުމަށް ފުރުސަތު ދިނުމަށްފަހުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރުރައްވާ ގޮތުގައި މިހާތަނަށް އައިއިރު އިންތިހާބާ ގުޅޭ 70 ވަރަކަށް ޝަކުވާ ހުށައަޅާފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައީ ވޯޓުލާ މީހުންގެ ރަޖިސްޓްރޭޝަންއާ ގުޅޭ ޝަކުވާތަކެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355