twitterviber whatsapp telegramfacebookyoutube instagram
15th April 2026

ފެބްރުއަރީ 7 ގެ ކުރިން ވެކްސިންޖެހި މީހުންނަށް މިހާރު ދެވަނަ ޑޯޒް ޖެހޭނެ

ޚަދީޖާ އާދަމް
Apr 4, 2021

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިދިއަ ފެބްރުއަރީ ހަތްވަނަ ދުވަހުގެ ކުރިން ޖެހި މީހުންނަށް މިހާރު ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިވަގުތު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ ހަމައެކަނި މާލެ ސަރަހައްދުގަ އެވެ.

އެޗްޕީއޭއިން ބުނީ ފެބްރުއަރީ ހަތްވަނަ ދުވަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ޖެހޭނެ ކަމަށާއި ދެވަނަ ޑޯޒް ދިނުން މާލެ ސަރަހައްދުގެ ފަސް ސެންޓަރެއްގައި ކުރިއަށް ގެންދާ ކަމަށެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފަށާފައިވަނީ އިއްޔެ އެވެ. އެގޮތުން މިހާތަނަށް 1149 މީހަކު ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުން ދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355