twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ އަންހެނުން ކޮމެޓީގެ ގޮޑިތައް ދެ ޕާޓީއަށް ހަމަހަމައަށް

ޚަދީޖާ އާދަމް
Apr 11, 2021

އިއްޔެ ކުރިއަށް އިންތިހާބުގައި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑިތައް އެމްޑީޕީ އަދި ޕީޕީއެމްއަށް ހަމަހަމައަށް ލިބިފައިވާއިރު ކޮންމެ ޕާޓީއަކަށްވެސް ވަނީ 3 ގޮނޑި ޔަގީންވެފައެވެ.

އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުޅުުދުއްފުށީ 6 ދާއިރާއަށް ޖުމްލަ 13 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އެއީ އެމްޑީޕީގެ 6 ކެންޑިޑޭޓުންނާއި އިދިކޮޅު ޕީޕީއެމްގެ 6 ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި 1 ކެންޑިޑޭޓެކެވެ.

އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ މޫސާއެވެ. ހަދީޖާ މި ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް ސުހާ އަބްދުﷲ އާއި ވާދަކޮށްގެން މިހާރު ލިބިފައިވާ ނަތީޖާއަށް ބަލާ 36 ވޯޓުގެ ތަފާތުންނެވެ. ހަދީޖާއަށް ލިބިފައިވަނީ 331 ވޯޓެވެ. އަދި ސުހާއަށް ލިބިފައިވަނީ 295 ވޯޓެވެ.

ހުޅަނގު އުތުރު ދާއިރާއަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓު މައިމޫނާ އަބްދުﷲއާއި އެމްޑީޕީގެ ކެންޑިޑޭޓު އަކްބަރީ މުހައްމަދެވެ. މިހާރު ލިބިފައިވާ ނަތީޖާއަށް ބަލާ 163 ވޯޓުގެ ތަފާތުން ގޮނޑި ކާމިޔާބުކޮށްފައިވަނީ އަކްބަރީ މުހައްމަދެވެ. އަކްބަރީއަށް 352 ވޯޓު ލިބިފައިވާއިރު މައިމޫނާއަށް ލިބިފައިވަނީ 189 ވޯޓެކެވެ.

މެދު އުތުރު ދާއިރާގެ ގޮޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އައިޝަތު އިސްމާއިލްއެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓު ސަމީމާ ހަސަންއާއި ވާދަކޮށްގެން 76 ވޯޓުގެ ތަފާތަކުންނެެވެ. އައިޝަތުގެ 292 ވޯޓު ލިބުނު އިރު ސަމީމާއަށް ލިބިފައިވަނީ 216 ވޯޓެވެ.

މެދު ދެކުނު ދާއިރާއަށް ގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އާތިފާ މުހައްމަދެވެ. އާތިފާ މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް ހަދީޖާ އަބޫބަކުރާ ވާދަކޮށްގެން މިހާރު ލިބިފައިވާ ނަތީޖާއަށް ބަލާ 32 ވޯޓުގެ ތަފާތުންނެވެ. އާތިފާއަށް ލިބިފައިވަނީ 280 ވޯޓެވެ. އަދި ހަދީޖާއަށް ލިބިފައިވަނީ 248 ވޯޓެވެ.

ހުޅަނގު ދެކުނު ދާއިރާއަށް 3 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓު ޝާހިދާ އާދަމް، އެމްޑީޕީގެ ކެންޑީޑޭޓު އާތިފާ މުހައްމަދު އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަބީބާ މުހައްމަދެވެ. މި ދާއިރާގެ ގޮޑި ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު ޝާހިދާ އެވެ. އޭނާއަށް 289 ވޯޓު ލިބުނުއިރު، އާތިފާއަށް ލިބިފައިވަނީ 255 ވޯޓެވެ. އަދި ހަބީބާއަށް ލިބިފައިވަނީ 55 ވޯޓެވެ.

އިރުދެކުނު ދާއިރާގެ ވޯޓު އެމްޑީޕީގެ ކެންޑިޑޭޓު ފިރާޝާ އިބްރާހިމް ކާމިޔާބުކުރެއްވީ 314 ވޯޓުންނެވެ. ފިރާޝާއާއި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު ހަފީޒާ މުހައްމަދަށް ލިބިފައިވަނީ 245 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355