twitterviber whatsapp telegramfacebookyoutube instagram
7th April 2026

ބްރިޖަޓަންގެ ސީޒަން 3 އަދި 4 ގެ ޔަގީންކަން ނެޓްފްލިކްސްއިން ދީފި

ޚަދީޖާ އާދަމް
Apr 15, 2021

ނެޓްފްލިކްސްގެ މަގުބޫލް އެއް ސީރީޒް ބްރިޖަޓަންގެ ސީޒަން 3 އަދި 4 ނެޓްފްލިކްސްއިން ގެނެސްދޭނެކަމަށް ބުނެފި އެވެ. ޕީރިއަޑް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ ބްރިޖަޓަންއަކީ އިނގިރޭސި ވިލާތުގައި ރީޖެންސީ ޒަމާނުގައި އުޅުނު "ބްރިޖަޓަން" ކިޔާ ނުފޫޒުގަދަ އާއިލާއެއްގެ ވާހަކަ ގެނެސްދޭ ޑްރާމާއެކެވެ.

މިއީ ޖޫލިއަން ކުއިން ހަމައެނަމުގައި ގެނެސްދިން ވާހަކަ ސީރީޒްއެއް އަސްލަކަށް ބަލައިގެން ޝޮންޑާ ރައިމްސްގެ އަމިއްލަ ކުންފުނި ޝޮންޑަލޭންޑުން ޕްރޮޑިއުސްކޮށް ގެސްދޭ ޑްރަމާއެކެވެ.

މި ޑްރަމާ ނެޓްފްލިކްސްއަށް ދޫކޮށްލި ހިސާބުން ގިނަ ރެކޯޑްތަކެއްވެސް ވަނީ ހަދާފައެވެ. ބްރިޖަޓަން ނެޓްޕްލިސްއިން ދައްކަން ފެށީ މިދިޔަ ޑިސެންބަރުމަހު 25 ގައެވެ. އެއާއެކު ގާތްގަނޑަކަށް މަހެއްގެ ތެރޭގައި 82 މިލިއަނަށްވުރެ ގިނަ ގޭބީސީން ވަނި މި ޑްރާމާ ބަލާފައެވެ.

ސީޒަން 3 ނެޓްފްލިކްސްއަށް އަންނައިރު ބެލުންތެރިން އެންމެ މާޔޫސްވާނެ ކަމަކީ ޑްރާމާގެ ލީޑް ސައިމަން ބެސެޓްގެ ރޯލް ކުޅެމުން އައި ތަރި ރެގޭ ޖީން ޕޭޖު ޑްރާމާ ދޫކޮށްލަން ނިންމުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355