ރަމަޟާން މަހުގައި އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް މިއަދު ތައާރަފްކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ޙާން ވިދާޅުވީ ރަމަޟާން މަހުގެ ބަރަކާތްލިބިގަތުމަށް ކުރެވޭ އަޅުކަމުގެ އިތުރުން އާއިލާއާއި ރައްޓެހިން އަދި އަވައްޓެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަކީ ވެސް މުސްލިމުންގެ ސަގާފަތުގައި ހިމެނޭ މުހިންމު ރިވެތި ސިފައެއް ކަަމަށާއި އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައިވެސް އުރީދޫގެ ޕްރޮޑަކްޓްތައް އަދި ހިދުމަތްތައް މެދުވެރިކޮށް ހެޔޮ އަގުގައި ބޮޑެތި ފައިދާތަކެއް ލިބި ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާލަދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ސުޕަރނެޓްގެ ހިދުމަތް މި ރޯދަމަހުގެ ތެރޭގައި މޫލީ މެދުވެރިކޮށް ނަންގަވާ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން ސުޕަރނެޓް ރައުޓަރ ގެ އަގުން %40 ޑިސްކައުންޓްލިބިގެންދާނެއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފައެވެ.
މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޕްރިޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލައްވާށެވެ.
ވައިބަރ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ މި ހިދުމަތާއި އެކު ނަމާދު އެލަރޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކުރައްވައިގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެއްވޭނެއެވެ.
ވައިބަރ ބޭނުން ނުކުރައްވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލެވޭނެއެވެ. ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.
“Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫ މޯލްޑިވްސް އިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށްވަނީ ފަހިކޮށްދީފައެވެ.
އާޗާ ޕްރިޕެއިޑް ޑެއިލީ ޕްލޭންތައް މެދުވެރިކޮށް މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ އާއި ހަމައަށް ޑޭޓާ އަދި އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ. އާޗާ ޕްރިޕެއިޑް ޑެއިލީ ޑޭޓާ ޕްލޭންސް މެދުވެރިކޮށް ހެޔޮ އަގުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް 3ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓް ކޮށްލުމަށް އުރީދޫ އެޕް ore.do/app އަށް ޒިޔާރާތްކޮށްލައްވާށެވެ. ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް *929*2# އަށް ގުޅުއްވާ.
އުރީދޫ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 6 ގުނަ އިތުރު ޑޭޓާއާއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ. މި އައު ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު 2ޖީބީ އިން ފެށިގެން 6ޖީބީ އާއި ހަމައަށް ޑޭޓާ އައުވެގެންދިއުމުގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.
އުރީދޫއިން ރަމަޟާންމަހަށް ޚާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.