twitterviber whatsapp telegramfacebookyoutube instagram
28th March 2026

އިންތިހާބުގެ ދާއިމީ ނަތީޖާ އަންގާރަ ދުވަހު ނެރެނީ

ޚަދީޖާ އާދަމް
Apr 19, 2021

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާން ކުރަން ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުންދިޔައިރުވެސް ކޮމިޝަނުން ދިޔައީ އިންތިހާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ބަލަމުންނެވެ. ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބާއި ގުޅިގެން ކޮމްޕްލެއިންސް ބިއުރޯތަކަށްވަނީ 100 އަށްވިރެ ގިނަ ޝަކުވާ ހުށައަޅާފައި ވާ ކަމަށާއި ޝަކުވާތައް ބަލަމުންދާއިރު އެއްވެސް ވޯޓު ފޮއްޓެއް އަލުން ކަނޑައިގެން ބަލަން ޖެހިއްޖެނަމަ އެކަން ދުރާލައި ކެނޑިޑޭޓުންނަށާއި ކެނޑިޑޭޓުންގެ މަންދޫބުންނަށް އަންގާނެކަމަށެވެ.

ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުންވެސް 21 ޝަކުވާއެއް ހުށައަޅާފައިވާކަމަށް އީސީން މައުލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ މިމަހު 17 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް އިއުލާންކޮށް ނިންމާލާފައެވެ. ގާނޫނުގައި ބުނާގޮތުން އިންތިހާބުގެ ދާއިމީ ނަތީޖާ އިންތިހާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންޖެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355