twitterviber whatsapp telegramfacebookyoutube instagram
4th June 2025

އޮގަސްޓުގައި ފަށައި ދިރާސީ އާ އަހަރުގެ ކަލަންޑަރު ނެރެފި

ޚަދީޖާ އާދަމް
Apr 20, 2021

އޮގަސްޓް 10 ވަނަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

އެކަޑެމިކް ކަލަންޑަރު ބުނާ ގޮތުން، ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އޮގަސްޓް 10 އިން ޑިސެމްބަރު 23 އަށެވެ. ފުރަތަމަ ޓާމުގެ ޗުއްޓީ ވާނީ 26 ޑިސެމްބަރުން ޖެނުއަރީ 13، 2022 އަށެވެ. މިޑްޓާމް ޗުއްޓީ ވާނީ އޮކްޓޫބަރު 17ގަ އެވެ.

ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައިދޭނީ 88 ދުވަހު އެވެ. ދެވަނަ ޓާމުގައި ކިޔަވައިދޭނީ 111 ދުވަހު އެވެ. އެހެންކަމުން މުޅި އަހަރު 200 ދުވަހު ކިޔަވައިދޭނެ އެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 އިން ޖޫން 30 އަށެވެ. މިޑްޓާމް ޗުއްޓީ ވާނީ އޭޕްރީލް ތިނަކުން، އޭޕްރީލް ހަތް ވަނަ ދުވަހަށެވެ. ދެ ވަނަ ޓާމު ޗުއްޓީ ވާނީ 30 ޖޫން އިން ފެށިގެންނެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު އޭލެވެލް އަދި އޯލެވެލް އިމްތިހާނު ވެސް ދެން އޮންނާނީ މެއި/ޖޫން ގައެވެ. އޭލެވެލް ކިޔެވުން ފެށޭނީ ސެޕްޓެމްބަރު 26 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355