twitterviber whatsapp telegramfacebookyoutube instagram
6th January 2026

ރީތިވެގެން އުޅުނު ޗައިވާލާ ހަނދާން އެބަހުރިތަ؟

ޚަދީޖާ އާދަމް
Apr 21, 2021

2016 ވަނަ އަހަރު ޕާކިސްތާނުގެ އިސްލާމްއާބާދުގެ މަގެއްމަތީގައި ސައި ވިއްކަން ހުރި ވަރަށް ޒުވާން ފިރިހެނެއްގެ ފޮޓޯއެއް ޝޯސަލް މީިޑިޔާގައި ވައިރަލްވެ "އޯވަރ ނައިޓް" އިން މުޅި ދުނިޔޭގެ ސަމާލުކަމަށް އައި ޗައިވާލާގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟.

ޗައިވާލާއަކީ މިހާރު ހަމައެކަނި ޗައިވާލާއެއް ނޫނެވެ. އޭގެ ފަހުން 5 އަހަރު ފާއިތުވެގެން ދިޔަ އިރު މިހާރު އަރްޝަދު ޚާން ނުވަތަ ޗައިވާލާއަކި ކެފޭއެއްގެ ވެރިއެކެވެ. ލިބުނު ސަމާލުކަމާއި ގުޅުވައިގެން އޭނާގެ ކެފޭއަށްވެސް ކިޔާފައިވަނީ "ކެފޭ ޗައިވާލާ" އެވެ.

ދާދިފަހުން މަޝްހޫރު ޔޫޓިއުބަރ ޚާލިދު އަލް އަމެރި ވަނީ އަރުޝަދުގެ ވީޑިއޯއެއް ގެނެސްދީފައެވެ. ކެފޭއެއްގެ ވެރިއަކަސް މިހާރުވެސް އަރުޝަދުގެ މަސައްކަތަކީ ސައި ހެދުމެވެ. ވީޑިއޯގައި ޚާލިދަށް ސައި ހަދައިދީނީވެސް އަރުޝަދެވެ.

ކުއްލިއަކަށް ލިބުނު މަޝްހޫރުކަމާ ގުޅިގެން ދިރިއުޅުމަށް އައި ކޮން ބަދަލެއްތޯ ސުވާލުކޮށްލުމުން އަރުޝަދު ބުނީ އޭނާގެ ފޮޓޯ ވައިރަލްވިކަން އެގުނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންކަމަށެވެ. އެއަށްފަހު އެކި ކަަހަލަ ހުށައެޅުންތައްވެސް ލިބުނު ކަމަށެވެ. އެގޮތުން އެ ދުވަސްވަރު އަރުޝަދު ވަނީ މޮޑެލްކޮށް ބައެއް ލަވަތަކުގައި އެކްޓްވެސް ކޮށްފައެވެ. ނަމަވެސް ފަހުން އޭނާވަނީ އެދާއިރާއިން ދުރަށް ގޮސްފައެވެ.

އެހެން ނަމަވެސް އެކަންކަމުގައި ކުރިއަށް ދިއުމަށް އާއިލާ އެއްބަސްކުރުވަން ވަރަށް އުނދަގުވި ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން އޭނާ ބްރޭންޑް ކެފޭ ޗައިވާލާ ލޯންޗު ކުރިކަމަށް އަރުޝަދު ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355