twitterviber whatsapp telegramfacebookyoutube instagram
19th May 2026

އެއްމަސްތެރޭގައި ކޭއާރުއެޗުން 200 އަށްވުރެގިނަ އެމްއާރުއައި ހަދައިފި

އަބްދުލް ވާހިދު ޙަސަން
Apr 21, 2021
3

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތް ފެށި ފަހުން މިވީ މަހެއްހާ ދުވަހުގެ ތެރޭގައި 200 އަށްވުރެގިނަ އެމްއާރުއައި ސްކޭން ހަދައިފި އެވެ.

ކޭއާރުއެޗުގެ އެމްއާރުއައިގެ ހިދުމަތް ފެށީ މިދިޔަ މާރޗުމަހުގެ 15 ވަނަ ދުވަހު އެވެ. މިއީ އަތޮޅުތެރޭގައި މި ހިދުމަތް ފެށި ދެވަނަ ހޮސްޕިޓަލެވެ.

ހޮސްޕިޓަލުގެ ތަފާސް ހިސާބުން އެނގޭގޮތުގައި މާރޗު 15 އިން އެޕްރީލް 16 އަށް 210 އެމްއާރުއައި ހަދާފަވެ އެވެ. އަދި 15 މާރޗުން 21 އެޕްރީލަށް 233 އެމްއާރުއައިއެއް އެ ހޮސްޕިޓަލުން ހަދާފަ އެވެ. އެމްއާރުއައި ހެދުމަށް 117 މީހެއް ވެއިޓްލިސްޓްކޮށްފައިވާކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީގައި އެމްއާރުއައި ހިދުމަތް ފެށުމަށް ސަރުކާރުން 23 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަތޮޅުތެރޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދައި މި ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތް ފެށުމުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑު ފަސޭހައެއް ލިބިގެންގޮސްފައިވެ އެވެ.

މިދިޔަ އަހަރު ކޭއާރުއެޗުން 1 ލައްކައަށްވުރެގިނަ މީހުން ހިދުމަތް ހޯދާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355