twitterviber whatsapp telegramfacebookyoutube instagram
30th March 2026

ކުވެއިތާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚަދީޖާ އާދަމް
Apr 21, 2021

ދިވެހިރާއްޖެ އާއި ސްޓޭޓް އޮފް ކުވައިތާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރޭ ކުވައިތު ސިޓީގައި ހުންނަ ކުވައިތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ކުވައިތުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޑރ. އަހްމަދު ނާސިރް އަލް މުހައްމަދު އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހް އެވެ.

މި ވެވުނު އެއްބަސްވުންތަކަކީ "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ސްޓޭޓް އޮފް ކުވައިތު" އާއި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ގަވާމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވާމަންޓް އޮފް ދަ ސްޓޭޓް އޮފް ކުވައިތު އިން ދަ ފީލްޑް އޮފް ޓޫރިޒަމް" އެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒު ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355