twitterviber whatsapp telegramfacebookyoutube instagram
5th May 2024

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސަށް

Apr 23, 2021

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިިފި އެވެ.

އެގޮތުން ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިދިޔަ އަހަރު ޖުލައި މަހު މަޖިލީހަށް ހުށަހެޅުއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދެވެ.

އެ ބިލު ދިރާސާކުރުމަށްފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށްފޮނުވާފަ އެވެ. އެ ބިލު ދިރާސާކުރުމަށްފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށްފޮނުވާފަ އެވެ. އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ.

އެގޮތުން ސިއްހީ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެކަށީގެންވާ ހެއްކާ އެކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، ސިއްހަތާ ބެހޭ ވަޒީރަށް ލަފާ ދޭންވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ވަޒީރު ވަގުތުން ރައީސުލްޖުމްހޫރިއްޔާއަށް އެ ލަފާ އަރުވަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ކޮމިޓީން ދެން ފާސްކޮއްފައި ވަނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އިއުލާން ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީގެ 11 ވަނަ ބާބުގައި ބަޔާންކޮށްފައި ކުއްލި ނުރައްކަލުގެ ހަލަތާ އެއްގޮތް ކުރުމަށެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އަމަލު ކުރާނީ އެ ބާބުގައި ބަޔާން ކުރާ ގޮތުގެ މަތިން ކަމަށް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ހާލަތުގައި ކުރަން ޖެހޭ ހަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަހެޅުމަށް ބިލުގައި ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355