twitterviber whatsapp telegramfacebookyoutube instagram
10th December 2025

އެލްޓީއެމް ފެއާގައި ވިޒިޓް މޯލްޑިވްސްއިން ރާއްޖެ އިޝްތިހާރު ކޮށްފި

Apr 24, 2021

ރަޝިއާގެ މޮސްކޯގައި މިމަހުގެ 22 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ލަގްޒަރީ ޓްރެވަލް (އެލްޓީއެމް) ފެއާގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްފި އެވެ.

މި ފެއާގައި، ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓާ ގުޅޭ ގޮތުން މައުލޫމާތުދީ، މި ހާލަތުގައި ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ވަނީ ޕްރޮމޯޓު ކޮށްފައެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ރާއްޖެ އިޝްތިހާރު ކޮށްފައިވަނީ ޑެސްޓިނޭޝަން ޕްރެޒެންސް ދަމަހައްޓާ، ރާއްޖެ އަކީ ރަޝިއާގެ ލަގްޒަރީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ހެދުމަށް ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރަޝިއާ މާކެޓުގައި ދަނީ ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.

އެގޮތުން ފެއާ ތަކުގައި ބައިވެރިވުމުގެ އިތުރުން ރޯޑް ޝޯތަކާއި ފޭމް ޓްރިޕްތައް ކުރިއަށް ގެންގޮސްފައިވާއިރު މިހާރުވެސް ރަޝިއާ މާކެޓަށް އަމާޒުކޮށްގެން ގްލޯބަލް ކެމްޕެއިނެއް ކުރިއަށް އެބަ ގެންދެ އެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން ރާއްޖެއަށް 78,847 ފަތުރުވެރިން އައިސްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355