twitterviber whatsapp telegramfacebookyoutube instagram
20th May 2025

ނެއްލައިދޫ ދަނޑުގައި ޓާފް އަޅައި ޒުވާނުން ހެއްވާލައިފި

އަބްދުލް ވާހިދު ޙަސަން
Apr 24, 2021
2

މިއީ މާކުރިންވެސް އެރަށުގެ ޒުވާނުން ދެކެމުންދިޔަ ހުވަފެނެކެވެ. އަމިއްލަ ހަރަދުގައިވެސް ބޯޅަދަނޑުގައި ޓާފް އަޅަން އެކިފަހަރު މަތިން މަޝްވަރާކޮށް ފަންޑު ހޯދުމަށް ހިޔާލުތައްވެސް ހުށަހެޅުނެވެ. އެކަމަކު އެކަން އެކި ސަބަބުތަކާހެދި އޮތީ ނުވެ އެވެ. އެކަމަކު އެ ހުވަަފެން މިއަދު މިވަނީ ސަރުކާރުން ހަގީގަތަކަށް ހަދައިދީފަ އެވެ.

ބޮޑު ދަނޑުގައި ޓާފްގައި ކުޅެލެވޭނެ ދުވަހަކަށް އަހުމަދު އަންވަރު ފަދަ އެތަކެއް ޒުވާނެއް ކުރި ދިގު އިންތިޒާރު ނިމި އެ ހުވަފެނުގައި މިވަނީ ކުލަޖެހިފަ އެވެ. ހދ ނެއްލައިދޫ ޓާފް ދަނޑުގައި ޓާފް އަޅާ ނިންމާލިކަން އިއްޔެ ވަނީ ކައުންސިލުން އިއުލާންކޮށްފަ އެވެ.

ސަރުކާރުން ނެއްލައިދޫ ބޯޅަދަނޑުގައި ޓާފް އެޅުމަށް ހަވާލުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހު އެވެ. ފީފާ ގަބޫލުކުރާ ފެންވަރަށް ތަރައްގީކުރި މި ދަނޑު ހެދުމުގައި ލަސްތަކެއް ދިމާވިނަމަވެސް ދަނޑުގެ މަސައްކަތް ނިމުމުން ޒުވާނުން ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"އެމްޕީގެ ވަރަށް ބުރަ މަސައްކަތުން މިކަން ކުރެވޭ ގޮތް މަގުފަހިވީ. އެކަމާ ވަރަށް އުފާކުރަން." އެރަށުގެ ޒުވާނެއްކަމަށްވާ އަންވަރު ބުންޏެވެ.

We can’t develop Rehabs,Vocational training & Arts centers as it’s not our mandate,but as a key stakeholder we provide...

Posted by Ahmed Mahloof on Friday, April 23, 2021

ދަނޑު ނިންމާ ފޮޓޯތައް ހިއްސާކޮށްލުމާއެކު އެތަކެއް ބަޔަކު ވަނީ އެކަމާ އުފާކޮށް ޝުއޫރުފާޅުކޮށްފަ އެވެ. އެގޮތުން އެރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިލްހާމް ވިދާޅުވީ، ފުރިހަމަކަމާއެކު ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާކަމަށާ އަދުގެ ސަރުކާރުން ނެއްލައިދޫގެ ތަރައްގީއަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ނެއްލައިދޫއަށް ނިސްބަތްވާ، ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަސީމްވެސް ވިދާޅުވީ މިއީ އެމްޕީގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރެވުނު މަސައްކަތެއްކަން ފާހަގަކޮށްފަ އެވެ. މި މަސައްކަތް ރަށުގެ ޒުވާނުން ބަލައިގަނެފައިވާކަމަށް ވަސީމް ވިދާޅުވި އެވެ. މިކަމުގައި މިނިސްޓްރީއަކަށާއި ސަރުކާރަށްވެސް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355