twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގެ ބައި އިލެކްޝަން ޖޫންގައި

ޚަދީޖާ އާދަމް
Apr 25, 2021

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އިންތިހާބަށް ހުޅުވާލުމުން ކުރިމަތި ނުލާ ދާއިރާތަކުގެ އިންތިހާބު ޖޫން މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އިންތިހާބަށް ފުރުސަތު ހުޅުވާލުން ބައެއް ދާއިރާތަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައެއް ނުވެއެވެ. އަދި ދެ ރަށަކަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައެއް ނުވެއެވެ.

ވ. ރަކީދޫ އާއި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ. އަދި އއ، ފެރިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ. އެެހެންވެ އަދި އިތުރު ހަތަރު މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

ހދ. ނޮޅިވަރަމްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެއް މެންބަރަކު އަދި ބ. ފުޅަދޫ އާއި ކ. ދިއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވެސް މެންބަރު އިންތިހާބު ކުރަން ޖެހެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް 10 ރަށެއްގައި ބާއްވަން ޖެހެ އެވެ. ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. ތަކަންދޫ އާއި ބ. ކިހާދޫ އާއި ފ. ދަރަނބޫދޫ އަދި ލ. މާވަށުގަ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. އުލިގަމާއި ނ. މަނަދޫ އާއި ރ. މާކުރަތު އާއި ބ. ކެންދޫ އާއި ވ. ފުލިދޫގެ އިތުރުން ލ. ކަލައިދޫގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355