twitterviber whatsapp telegramfacebookyoutube instagram
14th October 2026

ބުދަ ދުވަހުގެ ނިޔަލަށް ދޯންޏަކުން 4 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސައިފި

ޚަދީޖާ އާދަމް
Apr 25, 2021

28 އެޕްރީލް ވާ ބުދަ ދުވަހުގެ ނިޔަލަށް ދޯންޏަކުން 4 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ން ބުނެފިއެވެ.

މިފްކޯއިން ބުނީ މި ދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަގަޅުވެފައިވާ ކަމަށާއި މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

ވުމާއެކު މިހާރު ކިޔުގައި ހުރި ދޯނިފަހަރުގެ މަސް ކިރުމަށާއި ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ 25 އޭޕްރީލުން 28 އޭޕްރީލުގެ ނިޔަލަށް ދޯންޏަކުން 4 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސި ކަމުގައި ވީނަމަވެސް ކޫއްޑޫ އާއި އައްޑޫ ގައި މިހާރު ކިޔު ނަމްބަރު ދެވިފައިހުރި ދޯނިފަހަރުގައި ހުރި މަސް ކޮންޓްރޯލް ކުރުމެއްނެތި ގަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

ފެލިވަރުން ޕޮޒިޓިވް ކޭސްތަކެއް ފެނި އެ ކުންފުނިން ވަނީ އޭޕްރީލް މަހު ފެލިވަރުގެ ޕްރޮޑަކްޝަންތައް މަޑުޖައްސާލާފައެވެ. ކޮވިޑް-19އާ ގުޅިގެން މިފްކޯ ވަނީ ވަރަށް ބޮޑަށް އެހާލަތަށް ތައްޔާރުވެފައެވެ.

މިފަދަ ހާލަތެއް ކުރިމަތިވެދާނެކަމަށް ލަފާކޮށް ޚާއްސަ އެސްއޯޕީއެއް ނެރެފައިވެއެވެ. މިއެސްއޯޕީއާ އެއްގޮތަށް ކުރީބައިގައި ޕްރޮޑަކްޝަންތައް ނިންމާފައިވާތީ ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ވެސް އެއްވެސް ދައްޗަކާ ނުލާ ޕްރޮޑަކްޓްތައް ނެރެވޭނެކަމަށް މިފްކޯގެ ޖެނަރަލް މެނޭޖަރު އަހުމަދު ނަވާޒު ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293