twitterviber whatsapp telegramfacebookyoutube instagram
30th April 2024

ރާއްޖޭން ބޭރުގައި އުޅޭ ދިވެހި ދަރިވަރުންނަށް ގުރުއާން ދަސްކޮށްދެނީ

Apr 26, 2021
1

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ގުރުއާން އުނގަންނައިދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް ފަހިވެގެން ދިޔަ މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގިނަ އަދަދެއްގެ ދިވެހިން އެ ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބިޖެއްސުމަކީ މި ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި ސަރުކާރުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހިން ޝާމިލުކުރުމަށް މަސައްކަތް ކުރާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ. މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

އެ ޕްރޮގްރާމްގައި މިހާތަނަށް މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި އިންޑިއާއިން އަށް ބައިވެރިން ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.

އަލަށް ތައާރަފުކުރި މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެ ގައުމުތަކުގައި ތިބެ ގިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަށަނީ ތިން ލެވެލްއެއްގެ ކްލާސްތަކެވެ. އެއީ އަކުރު އުނގަންނައިދިނުމުގެ ކްލަސްތަކާއި، ފިލި އުނގަންނައިދިނުމުގެ ކްލާސްތަކާއި، ކަލިމަތައް އުނގަންނައިދިނުމުގެ ކްލާސްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355