twitterviber whatsapp telegramfacebookyoutube instagram
26th April 2024

މާޗު 2 ގެ ކުރިން ވެކްސިން ޖެހި ފަރާތްތަކަށް ދެވަނަ ޑޯޒް ޖެހުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Apr 27, 2021

މާޗު މަހު 2 ވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެ ވަނަ ޒޯޑް ޖެހުމަށް ހުޅުވާލައިފި އެވެ.

ކޭއާރުއެޗުން ބުނީ، މާޗު 2 ވަނަ ދުވަހުގެ ކުރިން ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒު ޖެހުމަށް ހުޅުވާލާފައިވާ ކަމަށާއި ދެވަނަ ޒޯޑް ޖެހުން ކުރިއަށްދާނީ މިމަހު 27 ން 28 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 21:00-23:00 އާދެމެދު އުފަން ހިޔާގައި ކަމަށެވެ.

ވެކްސިން ޖަހަން އަންނައިރު އައިޑީކާޑާއި ވެކްސިން ކާޑު ގެންދިޔުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

ކޮވިޝީލްޑްގެ ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ޖަހަން ފަށާފައިވަނީ މި އެޕްރީލްމަހުގެ 6 ވަނަ ދުވަހު އެވެ.

ކުޅުދުއްފުށީގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ މިއަހަރު ފެބުރުއަރީ 1 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355