twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ކޮވިޑުން އަރައިގަތުމަށް މަސައްކަތްތެރިން ކުރާ މަސައްކަތުގެ ނަތީޖާ ދަނީ ފެންނަމުން: ރައީސް

May 1, 2021

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް މަސައްކަތްތެރިން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ މަސައްކަތްތެރިން ކުރަމުންދާ މަސައްކަތުގެ ނަތީޖާ އިގްތިސާދުންވެސް ފެންނަމުން ދާކަމަށެވެ.

ރައީސް ވަނީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 1 ވަނަ ދުވަހެވެ. ރާއްޖޭގައި މިދުވަސް ފާހަގަ ކުރަން ފެށީ 2008 ވަނަ އަހަރު ވަޒީފާއާއި ބެހޭ ގާނުނަށް އަމަލުކުރަން ފަށައި މަސައްކަތްތެރިންނަށް ގިނަ ހައްގުތަކެއް ކަށަވަރު ކޮށްދިނުމަށް ފަހުގަވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355