twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރެސިޕީ: ފަލޫދާ

May 2, 2021

ރޯދަމަހު ރޯދަ ވީއްލާ ގަޑީގައި ބޯލަން މިއީ ވަރަށް މީރު ބުއިމެކެވެ.

ބޭނުންވާ ތަކެތި:

  • ½ ޖޯޑު ގެރިކިރު
  • ½ ޖޯޑު ރޯޒް ސިރަޕް
  • ½ ސަމުސާ ވެނީލާ އެސެންސް
  • 2 ޖޯޑު ފެން
  • 2 މޭޒުމަތީ ސަމުސާ އިސްބަގުލޫ (ފޯކޮށްފަ)
  • 10 މޭޒުމަތީ ސަމުސާ ހަލުވިދާ (ކުދިކުދިކޮށް ކޮށާފަ)

ތައްޔާރުކުރާނެ ގޮތް:

ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން އޭގެތެރެއަށް އިސްބަގުލޫ، ހަލުވިދާއަޅާ އެއްކޮށްލާށެވެ. ދެން ބުއިމުގެ ކުރިން 2 ގަޑިއިރު ވަންދެން ފިނިކޮށްލުމަށް ފްރިޖްގައި ބައިދަންވާނެއެވެ. ސްޓޯބެރީ ނުވަތަ ވެނީލާ އައިސް ކްރީމާއެކު ބޯލަން ފަލޫދާ ވަރަށް މީރުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355