twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 13 ގެއެއް ބަންދުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 3, 2021

ފްލޫ ކުލިނިކުން ނެގި ތިން ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނު ކުރި ގެތަކުގެ ނަންތައް ކައުންސިލުން އާންމުކޮށްފި އެވެ.

ބަލީގެ އަލާމަތް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި ތިން މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ އެއް ގެޔެއްގައި ދިރިއުޅޭ މީހުންނެވެ. އެއީ 24 އަހަރާއި 35 އަހަރު އަދި 52 އަހަރުގެ މީހެކެވެ.

މި ކޭސްތަކާ ގުޅިގެން 13 ގެޔެއް މޮނިޓަރިންގއަށްލައި، އެގެޔަކަށް ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

މޮނިޓަރިންގއަށްލި 13 ގޯތި

  • ލޮކޭޝަން
  • މާޖެހިގެ
  • އިޖުތިހާދު
  • ނާލާ
  • ފިނިފެންމާގެ
  • ރިޔާލަ
  • މުލްކު
  • ދޯދި
  • ހީރަތު
  • ވައިޓް ލީން
  • އަންބަލަން
  • ޒިންދީ
  • ޖަގަހަ

ޕޮޒިޓިވްވި 3 މީހުންގެ ކްލޯޒް ކޮންޓެކްޓުގެ ގޮތުގައި 25 މީހަކު ތިބިއިރު މިހާތަނަށް 44 ހަތަރު ސާމްޕަލެއް ޓެސްޓްކޮށްފައިވެ އެވެ. އެ ހުރިހާ ސާމްޕަލުތަކެއްވެސް ވަނީ ނެގެޓިވްވެފަ އެވެ. މިއަދުވެސް 50 ރޭންޑަމް ސާމްޕަލް ނަގަން ވަނީ ހަމަޖެހިފަ އެވެ.

އަތޮޅު ތެރޭގައިވެސް ކޮވިޑް ވަރަށް ބޮޑަށް ފެތުރިފައިވާއިރު މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 5000 އަށްވުރެ މައްޗަށް އަރާފައެވެ. މި ބަލީގައި ރާއްޖޭން މިހާތަނަށް 74 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355