twitterviber whatsapp telegramfacebookyoutube instagram
18th April 2024

ދިއްދޫ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 148 މީހުން، ހައި ރިސްކު މީހަކު ހިމެނޭ

ޚަދީޖާ އާދަމް
May 4, 2021

ހއ ދިއްދޫއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 24 އަރާފައިވާއިރު މިހާތަނަށް ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ފާހަގަވި އެންމެންގެ ސާމްޕަލް ނަގާފައިވާކަމަށް ދިއްދޫ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އުސްމާން އަޝްރަފް ވިދާޅުވީ އިއްޔެ 120 ސާމްޕަލް ނަގާފައިވާކަމަށާއި ފުރަަަތަމަ ދުވަހު 28 ސާމްޕަލް ނެގިކަމަށެވެ. މިހާތަނަށް ސާމްޕަލް ނަގާފައިވަނީ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ފާހަގަވި މީހުން އެކަނިކަމަށާއި އޭގެތެރޭގައި ހައި ރިސްކު އެކަކު އަދި ކުޑަކުދިންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ. ހައި ރިސްކުގެ ގޮތުގައި ހިމެނެނީ ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތެކެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން ފުނަދޫ ފެސިލިޓީއަށް މީހަކު ބަދަލުކޮށްފައިވާއިރު އޭނާގެ އެހީތެރިއެއްގެ ގޮތުގައިވެސް ފެސިލިޓީއަށް ގޮސްފައިވަނީ ޕޮޒިޓިވް ފަރާތެއްކަމަށް އުސްމާން ވިދާޅުވި އެވެ. ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅުކަމަށައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އިއްޔެ އެކަކަށް ފަރުވާދީފައިވާ ނަމަވެސް މިހާރު ދުކޮށްލާފައިވާކަމަށް ވިދާޅުވި އެވެ.

ރޭންޑަމް ސާމްޕަލްވެސް ނަގަން ހަމަޖެހިފައިވާކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ރޭންޑަމް ސާމްޕަލް ނަގަންފަށާނެކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު މިމަހު 1 ވަނަ ދުވަހު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަތޮޅުތެރޭގައިވެސް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިހާރު 24 ރަށެއް ވަނީ މޮނީޓަރިންނަށް ލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355