twitterviber whatsapp telegramfacebookyoutube instagram
9th May 2024

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ސިފައިންގެ މީހެއްގެ ބައިވެރިވުމެއް ނުވާނެ: ޗީފް އޮފް ޑިފެންސް

May 8, 2021

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގައި އެމްއެންޑީއެފްގެ އިސް ފަރާތްތަކުގެ ނުވަތަ އެމްއެންޑީއެފްގެ މީހެއްގެ އަތެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށާއި އަދި އެފަދަ ނިޔަތެއް ސިފައިންގެ މީހެއްގެ ކިބައިގައި ނެތް ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެމްއެންޑީއެފްގެ އެއްވެސް އަތެއް މިކަމުގައި ވާނެ ކަމަކަށް. މިކަމުގައި މިހާރު ވެސް އިންވެސްޓިގޭޝަން ކުރުމުގައި ވެސް އެ ހިނގަނީ ސިފައިންނާއި ގުޅިގެން އެ އެހީ އާއި އެކުގައި. އަޅުގަނޑުމެންނަކީ މި ފަދަ ކަންކަމުން ރައްޔިތުން ސަލާމަތްކޮށް އަދި އެ ބަލަހައްޓާ ހައިރިސްކް ބޭފުޅުންނަށް ސަލަމާތްތެރިކަން ދޭން ތިބި ބައެއް. އެހެންވީމަ އަޅުގަނޑުމެންގެ ލީޑަރޝިޕްގެ ވިސްނުމެއް ނޫން، ނުވަތަ އަޅުގަނޑުމެންގެ ތެރެއިން އެކަހަލަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެން. އަދި ހަމަގައިމުވެސް އަޅުގަނޑުމެންނަށް އެއްވެސް އިންޑިކޭޝަނެއް ވެސް ފެންނަން ނެތް އެޔަގީންކަން ދެން." އޭނާ ވިދާޅުވިއެެވެ.

ރައީސް ނަޝީދު އަށް ހަމަލާ ދިނުމަށް ބޭނުން ކުރި ގޮވާ އެއްޗަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ދަރަޖައެއް ބާރުގަދަ އެއްޗެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވައި ގ. ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލީ ރޭގަނޑު 8:30 ހާއިރު، އެމަނިކުފާނު ގެއިން ނިކުމެ ވަޑައިގަތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބި އޭޑީގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.

ލިޔުނީ: އަލީ ރަމީޒު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355