twitterviber whatsapp telegramfacebookyoutube instagram
7th June 2025
ADVERTISEMENT
ރައީސް ނަޝީދު

އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަންވިލާތައް ގެންދެވޭތޯ މިދަނީ މަސައްކަތް ކުރަމުން: އާއިލާ

ޢަލީ ރަމީޒް
May 11, 2021
1

ރައީސް ނަޝީދު ޖަރުމަނަށް ގެންދެވޭތޯ އާއިލާއިން މަސައްކަތް ކުރަމުން އަންނަކަމަށް ޑރ.އިބްރާހިމް ނާޝިދު ވިދާޅުވެއްޖެއެވެ. ވީއެންމެ އަވަހަކަށް ޖަރުމަނަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޖަރުމަންވިލާތުގައި ވެސް މިހާރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ޔޫރަޕްގެ ގައުމުތަކުގެ މީހުންނަށް ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް މިހާރު ޖަރުމަންވިލާތައް އެތެރެވެވެނީ ހާއްސަ ހުއްދައެއް އޮވެގެންނެވެ. ޖަރުމަންވިލާތައް އެތެރެވާއިރު ކޮވިޑް ޓެސްޓެއްގެ ނައްސި ނަތީޖާއެއް ބޭނުންވާނެއެވެ.

ޖަރުމަންވިލާތަކީ މުޅި ދުނިޔެއަށް ބެލިނަމަވެސް ސިއްހީ ޚިދުމަތުގައި އެންމެ ތަފާތު، މޮޅު ގައުމެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރިން ސިއްހީ ހިދުމަތް ހޯއްދަވަން ޖަރުމަންވިލާތައް ވަޑައިގަންނަވާކަން ފާހަގަވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާއިރު އެމަނިކުފާނުގެ ގިނަ އޮޕަރޭޝަންތަކެއް އޭޑީކޭގައި ވަނީ ކާމިޔާބު ކަމާއި އެކު ނަންމާލާފައެވެ. އެއޮޕަރޭޝަންތަކަށް ފަހު ނަޝީދުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށާއި މިހާރު ވާހަކަދައްކަވާ އުޅުއްވާ ކަމަށް އާއިލާ އިން ވަނީ މައުލޫމާތު ދެއްވައިފައެވެ.

ނަން
ކޮމެންޓް
ޙަބީބު.
ކިއްކުރަން ބޭކާރު ހަރަދުކުރަނީ ރައްޔިތުންގެ ފައިސާއިން
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com