twitterviber whatsapp telegramfacebookyoutube instagram
15th July 2025

އުރީދޫގެ ހިދުމަތްތައް ޑިޖިޓަލްކޮށް ހޯދަން އެދެފި

ޚަދީޖާ އާދަމް
May 11, 2021

އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ކެއާގެ ހިދުމަތް ޑިޖިޓަލްކޮށް ހޯދުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ. އުރީދޫއިން ނެރެނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަސްޓަމާ ކެއާ ހިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޑިޖިޓަލް ޒަރިއްޔާ މެދުވެރިކޮށް ހިދުމަތް ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

​​އުރީދޫ އެޕް މެދުވެރިކޮށް ފޯރުކޮށްދެވޭ ޙިދުމަތްތައް:

  • • ޕްރިޕެއިޑް ރިޗާޖްކުރުން
  • • އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން
  • • އޮންލައިންކޮށް ޝޮޕްކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ހިދުމަތް މުޅިން ހިލޭ
  • • އެމް-ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުން
  • • 24 ކަސްޓަމާ ސަރވިސްގެ ޙިދުމަތް ލިބުން
  • • ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރުން

އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ވެސް ހިދުމަތްތައް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި މިލުތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް ފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355