twitterviber whatsapp telegramfacebookyoutube instagram
14th June 2026

ނެއްލައިދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ޢަލީ ރަމީޒް
May 11, 2021

ހދ ނެއްލައިދޫގައި ރިސޯސް ރިކަވަރީ ސެންޓަރު ނުވަތަ ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

އާބާދީގައި 1100 އެއްހާ މީހުން ދިރިއުޅޭ ނެއްލައިދޫއަކީ ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށެކެވެ. އެހެންކަމުން ކުނި ކޮއްޓާއެކު އެ މައްސަލަ ބޮޑުތަނުން ހައްލުވެގެންދާނެ އެވެ. މިއީ ރައްޔިތުންނާއި ކައުންސިލަށްވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

ނެއްލައިދޫ ކައުންސިލުން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ޝައުގުވެރިވާ ފަރާތްތަކުން 11 މެއި 2021 އަންގާރަދުވަހުން ފެށިގެން 17 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް 9:00-12:00 އާ އެ ކައުންސިލަށް ގޮސް ރެޖިސްޓްރަ ކުރެއްވުމަށެވެ.

ޕްރޮކެޓްގެ ނަން: ހދ.ނެއްލައިދޫ ރިސޯސް ރިކަވަރީ ސެންޓަރ ( ކުނިމެނޭޖުކުރާ މަރުކަޒު) ޤާއިމްކުރުން.

ބިޑް ރަޖިސްޓްރީ ކުރުމުގެ...

Posted by Secretariat of the Nellaidhoo Council South Thiladhunmathi on Monday, May 10, 2021

ނުވަތަ މި ލިންކް (https://forms.gle/p5bcK2BJ2i7Ldv6s9) މެދުވެރިކޮށް ރެޖިސްޓަރ ކުރެއްވުމަށް އެދި އިއުލާންގައި ވަނީ ބުނެފެވެ. މި ޕްރޮޖެކްޓާ ބެހޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 18 މެއި 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] މެއިލް ކޮށްދިނުމަށް އިއުލާނުގައި ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355