twitterviber whatsapp telegramfacebookyoutube instagram
21st August 2025

ދެކުނު އޭޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންނަށް ވިސާ ދިނުން މެދުކަނޑާލައިފި

ޚަދީޖާ އާދަމް
May 12, 2021

ދެކުނު އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނަށް ރާއްޖެއިން ޓޫރިސްޓު ވިސާ ދިނުން ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިމިވަނީ ދެކުނު އޭޝިޔާ ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމާ ގުޅިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށެވެ. އެ ސަރަހައްދުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުކުރުންވެސް ވަނީ ހުއްޓާލަން އަންގާފައެވެ.

މީގެ އިތުރުން އެ ސަރަހައްދުގެ ގައުމުތަކުން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް މީހުން އައުން މިމަހު އެއްވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. ކޮވިޑްގެ އާ ވޭރިއަންޓެއް އިންޑިއާ އިން ފެނި އެ ވޭރިއަންޓް ލަންކާ އިންވެސް މިހާރު ފެނިފައިވާއިރު، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނުގައިވެސް ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންޑިއާގެ ފަތުރުވެރިން މީހުން ދިިރުއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލަން އަންގައިފައެވެ.

މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355