twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިއްދޫގެ ހާލަތު ގޯސް، ޕޮޒިޓިވްވި އަދަދު 100 އިން މައްޗަށް

ޚަދީޖާ އާދަމް
May 12, 2021

ހއ ދިއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދު 101 އަރައިފި އެވެ. އެރަށުން މިހާތަނަށް ބަލި ޖެހުނު އެކަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ހއ އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވަނީ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް އެރަށުން 891 ސާމްޕަލެއް ނަގާފައިވާއިރު އޭގެތެރޭގައި ރޭންޑަމް ސާމްޕަލްތައް

ހިމެނެއެވެ. ރޭންޑަމް ސާމްޕަލްގެ ތެރެއިން 12 ސާމްޕަލެއްވަނީ ޕޮޒިޓިވްވެފައެވެ.

އެރަށުން ޖުމްލަ ނެގުނު ސާމްޕަލުތަކުގެ ތެރެއިން 793 ސާމްޕަލް ނެގެޓިވެފައިވާއިރު ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި 85 މީހަކު ވަނީ ފާހަގަވެފައެވެ.

ދިއްދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހު 1 ވަނަ ދުވަހު އެވެ.

އީދާ ދިމާކޮށް އެރަށުގައި އިތުރު ފިޔަވަޅު އަޅާފައިވާއިރު އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އީދު ދުވަހު ގޭގެއަށް ޒިޔާރަތް ކުރުމާއި، ދަތުރު ދިއުމާއި މަގުތަކާއި މައިޒާންތަކަށް އެއްވެ، އެއްވެސް ހަރަކާތެއް ހިންގުން މަނާކަމަށެވެ.

އަދި ފިހާރަތަކުން ހިދުމަތް ދޭއިރު ކަސްޓަމަރުން ފިހާރައިން ބޭރުގައި ތިބެގެން ހިދުމަތް ހޯދުމަށާއި ރޯގާގެ އަލާމަތްކުރި މީހުންނާއި ކުޑަކުދިން އަދި ހައިރިސްކު މީހުން މިސްކިތަށް ނުދިއުމަށްވެސް އެދިފައި ވެއެވެ. ނަމާދަށް ދާއިރު ގެއިން ވުޟޫކޮށްގެން މުސައްލަ ހިފައިގެން މިސްކިތައް ދިއުމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓަން ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355