twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށިން އިތުރު ތިން މީހަކު ޕޮޒިޓިވްްވެ އަދަދު 6 އަކަށް

އަބްދުލް ވާހިދު ޙަސަން
May 12, 2021

ކުޅުދުއްފުށި ސިޓީން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 6 އަކަށް އަރައިފި އެވެ. މިއަދު ޕޮޒިޓިވްވި ތިން މީހުންނަކީ އަންގާރަ ދުވަހު ރޯގާގެ އަލާމަތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި 34 އަހަރުގެ އަންހެން މީހާގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

އެ އަންހެން މީހާގެ 8 އަހަރުގެ ދަރިފުޅާއި 13 އަހަރުގެ ދަރިފުޅުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ މީހުންގެ ފަރާތުން ވަނީ ރޯގާގެ އަލާމާތްތައް ފެނިފަ އެވެ. އެތަނުން އެ ކުއްޖަކު ސްކޫލަށް ގޮސްފައިވާތީ އެ ކުއްޖާގެ ކުލާސް ކުދިންނާއި ބައެއް ޓީޗަރުންގެ ސާމްޕަލްތައްވެސް މިރޭ ވަނީ ނަގާފަ އެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅޫވީ، މި ކޭސްތަކާ ގުޅިގެން އިތުރު ސާމްޕަލްތައް ނަގާނެކަމަށެވެ. އަދި މިހާރު ރަށުގައި ބަލި އުޅުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅުމަށް ހުރިހާ ފަރާތްތަކަށްވެސް އަހުމަދު ވަނީ ނަސޭހަތްތެރިވެފަ އެވެ.

މާދަމާއަކީ އީދު ދުވަސްކަމުން މިރޭ އަދި މާދަމާ ވެސް ގިނަ ބަޔަކު ނުކުމެ އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށާއި އެކަކު އަނެކަކު ބައްދަލުވާއިރު ނުވަތަ ފިހާރަތަކަށް ގޮސް އުޅުމުގައި އާއި ބޭރަށް، އަދި މިސްކިތަށް ދިޔަސް ނުވަތަ އެހެން ތަނަކަށް ދިޔަސް މާސްކު އެޅުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބަލީގެ އަލާމާތެއް ފާހަގަކުރެވިފައިވާނަމަ ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަށް ނުވަތަ 7606688 ނަމްބަރަށް ގުޅާއި ނުވަތަ މެސެޖުން ރިޕޯޓްކުރުމަށް އެދިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355