twitterviber whatsapp telegramfacebookyoutube instagram
2nd April 2026

އުތުރަށް މޫސުމް ގޯސްވެ، އޮރެންޖް އިންޒާރު ނެރެފި

May 14, 2021

ބާރު ވަޔާއެކު ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ، އިތުރަށް ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އުތުރަށް އޮރެންޖް އިންޒާރު ނެރެފި އެވެ. އޮރެންޖް އިންޒާރު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު 15:15 ގައި ނެރުނު އޮރެންޖް އިންޒާރު މިހާރު ވަނީ މިރޭގެ 19:15 އަށް ދަންމާލާފަ އެވެ. މެޓުން ބުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.

އަދި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށެވެ. މެޓުން ބުނީ، ކަނޑުތައް ގަދަވާނެ ކަމަށާއި ރަށްރަށަށް ރާޅު އެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ބުދަ ދުވަހުގެ ރެއިން ފެށިގެން ކުރަމުންދާ ވިއްސާރާގައި މިއީ އުތުރަށް އޮރެންޖް އިންޒާރު ނެރެނު ތިންވަނަ ފަހަރެކެވެ.

ތަފްސީލް އަންނަނީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355