twitterviber whatsapp telegramfacebookyoutube instagram
1st May 2026

ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވެއްޖެ، ދަތުރު ކުރަނީ ރާއްޖެއާ ދުރަށް

ޚަދީޖާ އާދަމް
May 15, 2021

އިރުދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. ތޫފާނަށް ދެވިފައިވާ ނަމަކީ ޓައުޓޭ އެވެ،

މެޓް އޮފީހުން ބުނީ ތޫފާން ޓައުޓޭ މިހާރު ހުރީ ހއ ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށާއި ތޫފާން ދަތުރު ކުރަމުންދަނީ ރާއްޖެއާއި ދުރަށް ކަމަށެވެ.

ތޫފާނާއި ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ޖެހެމުންދާ ގަދަވަޔާއި ވިއްސާރަ މިރެއިން ފެށިގެން މަޑުވާން ފަށާނެކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ހުޅަނގު މޫސުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

ތޫފާނުގެ ސަބަބުން ގަދަ ވަޔާއެކު ވިއްސާރަކޮށް، ބައެއް ރަށްރަށަށް އުދައަރާ އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355