twitterviber whatsapp telegramfacebookyoutube instagram
28th March 2026

ހަތް މީހަކަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި: އެޗްއީއޯސީ

ޚަދީޖާ އާދަމް
May 15, 2021

ކޮވިޑް ޖެހިގެން މިވަގުތު އައިސީޔޫގައި 11 މީހަކަށް ފަރުވާދެމުންދާއިރު ވެންޓިލޭޓަރުގައި 7 މީހަކު އެބައޮތް ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 290 އަށް އަރާފައެވެ. މިއީ އެންމެ ގިނަ ބަޔަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ވަގުތެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ޑީއެޗް 11 ގައި ހަތް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ތިން މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 244 މީހަކު އެޑްމިޓް ކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ޑީއެޗް 11 ގައި ހަތް މީހަކަށް ޑީއެޗް 17 ގައި ހަ މީހަކު އަދި ޑީއެޗް 16 ގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލްގައި 11 މީހަކު އައްޑޫ ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. ބ. އޭދަފުށީ ފެސިލިޓީގައި ދެ މީހަކު އަދި ށ. ފުނަދޫ ފެސިލިޓީގައި ހަތް މީހަކަށް ލ. ގަން ފެސިލިޓީގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 272 މީހަކަށް ފަރުވާ ދެނީ ވޯޑްގަ އެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ކޮވިޑްގެ ހާލަތު ވަރަށް ނުރައްކާވެފައި ވާއިރު 48 ރަށެއް މިހާރު އޮތީ ކޮވިޑް ފެނިގެން ބަންދު ކޮށްފައެވެ. މިދިޔަ ހަތަރު ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ ހާހުން މަތީގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355