twitterviber whatsapp telegramfacebookyoutube instagram
1st May 2024

އެފްއޭކަޕް ޗެމްޕިއަންސް ލެސްޓާގެ ދެ ކުޅުންތެރިން ވިހުރުވާލީ ފަލަސްތީނު ދިދަ

ޢަލީ ރަމީޒް
May 16, 2021

އެފްއޭ ކަޕްގެ ޗެމްޕިއަން ކަން ލެސްޓާ ސިޓީ އުފުލާލުމަށް ފަހު ލެސްޓާގެ ދެ ކުޅުންތެރިން އުފާ ފާޅުކުރުމުގެ ތެރެއިން ފަލަސްތީނުގެ ދިދަ ވިހުރުވާލައިފިއެވެ.

ފައިނަލުގައި ރޭގަ ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗްގައި 0-1 އިން މޮޅުވި އިރު މިއަކީ ލެސްޓާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތަށި ކާމިޔާބު ކުރެވުން ފަހަރެވެ.

މެޗަށް ފަހު ފަލަސްތީންގެ ދިދަ ދަނޑުމަތީގައި ދައްކާލި ފްރާންސްގެ 21 އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ވެސްލީ ފޮފާނާ އާއި އިނގިރޭސި 21 އަހަރުންދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ ހަމްޒާ ޗަައުދަރީއަކީ މުސްލިމް ދެކުޅުންތެރިންނެވެ.

ހަމްޒާ ޗައުދަރީ އަކީ ބަންގްލަދޭޝްގެ ދަރިފަސްކޮޅަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވާއިރު މީގެކުރިން ވެސް އޭނާ ވަނީ ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން މީޑިއާގައި ހިއްސާކޮށްފައެވެ. ފައިނަލް މެޗުގެ ކަށިގަނޑަށްފަހު މި ދެ ކުޅުންތެރިން ތިބީ ފަލަސްތީނު ދިދަ ހިފައިގެން ދަނޑު ވަށާ ހިނގަން ތައްޔާރަށެވެ.

މެޗަށްފަހު މި ދެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ މަންޒަރުން މީޑިއާގެ ސަމާލުކަންލިބި ގިނަ ބައެއްގެ ހިނިތުންވުމާއި ލޯބި މި ކުޅުންތެރިންނަށް ވަނީ ބަންޑުން ކޮށްލާފައެވެ.

އަަނެއްބަޔަކު ބުނާގޮތުން މިއީ އުސޫލުތަކާއި ހިލާފަށް މި ދެ ކުޅުންތެރިން ކޮށްފައިވާ ކަމެކެވެ. ސިޔާސީ ކަންކަމަށް ފުޓުބޯޅަ ނުވެއްދުމަށް އެއްބަޔަކު ވަނީ ޓްވިޓާގައި ގޮވާލާފައެވެ.

ލެސްޓާ ސިޓީ އުފެދުން ފަހުން 137 އަހަރު ވެފައިވާއިފު ލެސްޓާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އްފްއޭކަޕް އުފުލާލުން ވެގެން ދިޔައީ ލެސްޓާގެ ތާރީުގައި ކުލަގަދަ ދުވަހަކަށް ވެގެން ދިޔަ އިރު އެތައް މުސްލިމުންނެއް އުފަލުން ރޮއްވާލި ރެއަކަށެވެ.

މެޗްގަ ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ޔޫރީ ޓިއެލްމަންސްގެ ދުރުން ފޮނުވާލި ޝޮޓް ޗެލްސީގެ ގޯލް އަށް ވައްދާލާ 63 ވަނަ މިނެޓެގައި މުޅި ދަނޑުވަނީ ގުގުމާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355