twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހަނިމާދޫގައި އިޒްރޭލަށް ތާއިދުކުރި ޓީޗަރުގެ މައްސަލަ ހޫނުވެ ގައުމަށް ފޮނުވާލަނީ

ޢަލީ ރަމީޒް
May 21, 2021

ހައްދުފަހަނަ އެޅި އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި، އިންޑިޔާ ޓީޗަރު ވަޒީފާއިން ވަކިކޮށް ގައުމަށް ފޮނުވާލަން ނިންމައިފި އެވެ.

ހދ ހަނިމާދޫ ސްކޫލުގެ ސެޝަން އިންޗާޖުގެ ގޮތުގައި މަސައްކަތްކުރާ އެ ޓީޗަރު ވަނީ އިޒްރޭލަށް ތާއިދުކޮށް ސޯޝަލް މީޑީއާގައި ވާހަކަދައްކާފަ އެވެ. އެކަން އޭނާ ހާމަކޮށްފައިމިވަނީ އެ ސްކޫލަށް 52 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހާއްސަ އެސެމްބްލީގައި ފަލަސްތީނާއެކު އެ ސްކޫލުގެ އެންމެ ތިބިކަން ހާމަކޮށްފައިވަނިކޮންނެވެ.

ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބުދުލް މުހުސިން އަބުދުލް ލަތީފް ވިދާޅުވީ، އޭނާގެ އެ އަމަލާ ގުޅިގެން ވަޒީފާއިން ވަކިކުރަން ސްކޫލުން ނިންމާ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. މިއަދު ހަވީރުގެ ފްލައިޓުން އޭނާ ފޮނުވާލަން ހަމަޖެހިފައިވާކަމަށް މުހުސިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓީޗަރުގެ އެ އަމަލު ރަށުތެރޭގެ ހާލަތު ވަރަށް ގޯސްވެ، އޭނާގެ ރައްކާތެރިކަމަށްވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ އެކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށެވެ.

މިއަދު ހަވީރު ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން އެރަށުގައި ހިނގާލުމެއްވެސް ބާއްވަން އޮތީ ނިންމާފަ އެވެ. އެ ހިނގާލުމުގެ ތެރެއިން އެ ޓީޗަރަށް ކުރިމަތިވެދާނެ ނުރައްކަލަށް ސަމާލުވެ އޭނާ ދިރިއުޅޭ ގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަންގެ ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށު ދަރަޖައިގެ މި އަމަލު ކުށްވެރިކޮށް ހަނިމާދޫ ސްކޫލުން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355