twitterviber whatsapp telegramfacebookyoutube instagram
2nd September 2025

ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ހަނިމާދޫގައި ހިނގާލުމެއް

May 22, 2021

އިޒްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަަމަލާތައް ކުށްވެރިކޮށް ހަނިމާދޫގައި ހާއްސަ ހިނގާލުމެއް ބާއްވައިފި އެވެ.

ހަނިމާދޫ ތިން ޖަމިއްޔާގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި ކަމަށާއި ރައްޔިތުންގެ ފަރާތުން މިކަމަށް ބޮޑު އެއްބާރުލުމެއް ލިބުނުކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު ކޭއޯއަށް މައުލޫމާތު ވިދާޅުވި އެވެ.

ހަނިމާދޫ ކައުންސިލް އިދާރާ ކުރިމަތިން ފެށި މި ހިނގާލުން ނިންމާލާފައިވަނީ ބަނދަރު ސްޓޭޖް ސަރަަހައްދަށް ކަަމަށާއި ހިނގާލުން ނިންމާލުމަށްފަހު ހާއްސަ ދުއާއެއް ކޮށްފައިވާކަމަށް ފިރާގް ވިދާޅުވި އެވެ.

ހިނގާލުމަށްފަހު ފޮޓޯ ނެގުން އޮތްކަމަށާއި އެސަރަހައްދުގައި ފަންޑު ފޮށިވެސް ބަހައްޓާފައިވާކަމަށް ފިރާގު ވިދާޅުވިއެވެ. މީގެ ކުރިންވެސް ރަށުގައި ފަންޑު ފޮށި ބަހައްޓާފައިވާކަަމަށާއި ފުރަތަމަ ފޮށި ބެހެއްޓީ ސްކޫލުގައި ކަަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އެއާޕޯޓް ސަރަހައްދުގައެވެ.

ފިރާގު ވިދާޅުވީ ހިނގާލުން ކުރިއަށް ދިޔަވަގުތުވެސް އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތައް ކަންކަން ބަހައްޓަން މަސައްކަތް ކޮށްފައިވާކަމަށް ފިރާގު ވިދާޅުވި އެވެ.

ހިނގާލުމުގައި ބޭނުން ކުރި ދިދަ ފަދަ ތަކެތި ހެދުމަށް ރަށުގެ ވިޔަފާރިވެރިން ވެދިން އެހީ ފިރާގު ވަނީ ފާހަގަކޮށް، ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355