twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކޮވިޑްގައި 66 އަހަރުގެ މީހަކު މަރުވެއްޖެ

ޚަދީޖާ އާދަމް
May 23, 2021

ކޮވިޑް-19 އަށް ފަރުވާދެމުން ދިޔަ އުމުރުން 66 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 08:07 ހާއިރު މަރުވެފަކަމަށެވެ.

މިއީ ކޮވިޑްގައި ރާއްޖޭގެ 124 ވަނަ މަރެވެ. އިއްޔެ ވެސް ރާއްޖެން 1،960 މީހަކު ޕޮޒިޓިވްވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ އަދަދު ވަނީ 294 އަރާފައެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،518 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް މީހުންނެވެ. އަތޮޅުތެރެއިން 431 މީހަކު ޕޮޒިޓިވްވި އިރު މިވަގުތު 70 ރަށެއް އޮތީ މޮނީޓަރިންގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355