twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބްލެކް ފަންގަސްގެ 8،800 ކޭސް އަވައްޓެރި އިންޑިޔާއިން

ޢަލީ ރަމީޒް
May 23, 2021

އިންޑިއާއިން ބްލެކް ފަންގަސްގެ ކޭސްތައް އެންމެ ގިނައިން ފެނިފައި އިންޑިއާގެ އަވަށެއް ކަމަށްވާ ގުޖުރާތާއި މަހާރަޝްތުރާއިންނެވެ. ފާއިތުވި މަސްތަކުގައި ރިޕޯޓުކޮށްފައިވާ 8،800 ކޭސްތަކުގެ ތެރެއިން ދެބައިކުޅައެއްބައި ފެނިފައި ވަނީ އެ ދެ ސްޓޭޓުންނެވެ.

ވެއްޔާއި ހަލާކުވާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތީގައި ޖަހާ ފަަންގަސް އެއްގެ ޒަރިއްޔާއިން ފެތުރޭ މިއުކޯމައިކޯސިސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެ އެވެ.

އަދި ހަކުރު ބަލި ހުންނަ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް އެ ބަލި ޖެހުމުން ފުރާނައަށް ނުރައްކާވެދާނެ އެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް، ފަންގަސް ފެތުރިފައިވާ ގުނަވަނެއް ނަގަން ޖެހިދާނެ އެވެ.

އިންޑިއާގައި ބްލެކް ފަންގަސް އެންމެ ގިނައިން ޖެހެމުން ދަނީ ކޮވިޑް-19އިން ރަނގަޅުވަމުން އަންނަ ނުވަތަ ރަނގަޅުވެފައިވާ މީހުންނަށެވެ.

އިންޑިއާގެ އިންދޯރު ސިޓީގައި ހުރި މަހާރާޖާ ޔޭޝްވަންތަރާއޯ ހޮސްޕިޓަލުގެ ޑިޕާޓްމެންޓު އޮފް މެޑިސިންގައި އިސްކޮށް ހުންނެވި ޑރ. ވީޕީ ޕާންޑޭ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގައި މިދިޔަ ހަފްތާގައި ތިބީ ބްލެކް ފަންގަސް ޖެހިފައިވާ އަށް މީހެކެވެ. ނަމަވެސް އިއްޔެއާ ހަމަޔަށް އެ އަދަދު ވަނީ 185 އަށް އަރާފަ އެވެ. އަދި އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ މީހުންގެ އޮޕަރޭޝަން ކުރަން ވަނީ ޖެހިފަ އެވެ.

ޑރ. ޕާންޑޭ ވިދާޅުވި ގޮތުގައި އޭނާ ވަނީ ބްލެކް ފަންގަސް ޖެހިފައިވާ 201 މީހެއްގެ މައުލޫމާތު ހަތަރު ހޮސްޕިޓަލަކުން ހޯދާފަ އެވެ. އޭގެ ތެރޭގައި ފިރިހެނުންގެ އަދަދު ގިނަ ކަމަށާއި ގިނަ މީހުންނަކީ ކޮވިޑުން ރަނގަޅުވެފައިވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 79 މީހުންނަކީ ފިރިހެނުންނެވެ. އަދި 83 މީހުންނަކީ ހަކުރު ބަލި ހުރި މީހުން ކަމަށް ޑޮކްޓަރުން ހޯދި މައުލޫމާތުން އެނގުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355