twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކޮވިޑް 19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 156،002 އަކަށް

ހާޝިމް އަބޫބަކުރު
May 24, 2021

ކޮވިޑް 19 ގެ 3 ވައްތަރެއްގެ ވެކްސިނެއް ރާއްޖޭގައި ޖަހަން ފަށާފައިވާއިރު މިހާތަނަށް 156،002 މީހުން ދެވަނަ ޑޯޒް ޖެހުމާއިއެކު ވެކްސިން ފުރިހަމަ ކޮށްފިއެވެ.

. މިހާތަނަށް ރާއްޖެއިން 305،850 މީހަކަށް ވެކްސިން ދީފައިވެެއެވެ. ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުން ވރަށް ގިނައެވެ. ގިނަ ބަޔަކު ވެކްސިން ޖެހުމުން ހުން އައިސް ގައިގަ ރިއްސުން ފަދަ ކަންކަން ކުރިމަތި ވާތީ ދެވަނަ ޑޯޒް ޖަހަން އިނަކާރު ކުރާތަންވެސް ފެނެއެވެ.

ކޮވިޝީލްޑް ވެކްސިން އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށުނު ވެކްސިނެވެ. އެގޮގުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު މިހާރު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ވަނީ ފަށާފައެވެ. ކޮވިޝީލްޑް އަށް ފަހު ސިނޮފާމް ގެ ފުރަތަމަ ޑޯޒް ޖެހުންވެސް ދަނީ ކުރިއަށެވެ.

ޕީފައިޒާ ވެކްސިން ވެސް ރާއްޖޭގައި ގިނަ ބަޔަކު ދަނީ ފުރިހަމަ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293