twitterviber whatsapp telegramfacebookyoutube instagram
2nd March 2026

ޝައްކު ކުރެވިގެން ޓެސްޓް ހެދި މީހާގައިން ފެނުނީ ބްލެކް ފަންގަސްއެއް ނޫން: އެޗްޕީއޭ

ޚަދީޖާ އާދަމް
May 24, 2021

ބްލެކްފަންގަސް އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށާއި އެ ބަލިމީހަގެ ކިބައިން ފެނުނީ އެނދުމަތި ކުރެވި، ގިނަ ދުވަސްވެފައި ތިބޭ މީހުންގެ ގައިން ބައެއް ފަހަރު ފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ކޮވިޑް19 ޖެހި ބަލިން ރަނގަޅުވާ ބައެއް މީހުންގެ ގައިން ބްލެކްފަންގަސް ފެންނަމުން ދާއިރު މި ބަލި އެންމެ ބޮޑަށް މިހާރު ފެތުރިފައިވަނީ އަވައްޓެރި އިންޑިޔާގައެވެ.

ބްލެކް ފަންގަސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ޖެހި ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެ އެވެ. މިއީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއިން އެބަލި ފެނިފައި ނުވާކަމަށެވެ. ލެކްފަންގަސް ނުވަތަ މިއުކޯމައިކޯސިސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުމުން އޭނާގެ ޓެސްޓު ހެދުމަށް ސާމްޕަލް ފޮނުވާފައިވަނީ ރާއްޖެއިން ބޭރަށެވެ.

އެބައްޔަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައިވަނީ ކޮވިޑު ޖެހިގެން ރަނގަޅުވި އުމުރުން ދުވަސްވީ މީހެއްގެ ގައިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355