twitterviber whatsapp telegramfacebookyoutube instagram
11th December 2023

ކޮވިޑް ޖެހިގެން 78 އަހަރުގެ މީހަކު މަރުވެއްޖެ، މިއީ މިއަދުގެ 6 ވަނަ މަރު

ޚަދީޖާ އާދަމް
May 24, 2021

ކޮވިޑް-19 އަށް ފަރުވާދެމުން ދިޔަ އުމުރުން 78 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު ފަހު 02:25 ހާއިރު މަރުވެފަކަމަށެވެ. މިއީ މި ބަލީގައި މިއަދު މަރުވި 6 ވަނަ މީހާއެވެ.

މިއީ ކޮވިޑްގައި ރާއްޖޭގެ 135 ވަނަ މަރެވެ. އިއްޔެ ވެސް ރާއްޖެން 1،559 މީހަކު ޕޮޒިޓިވްވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 290 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،135 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް މީހުންނެވެ. އަތޮޅުތެރެއިން 401 މީހަކު ޕޮޒިޓިވްވި އިރު ރިސޯޓްތަކުން 20 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355