twitterviber whatsapp telegramfacebookyoutube instagram
17th June 2026

ހއ އަތޮޅުން ތ އަތޮޅަށް ވައިޓް އެލާޓް

ޚަދީޖާ އާދަމް
May 25, 2021

ރާއްޖެއަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އެގޮތުން އެލާޓް ނެރެފައިވަނީ ހެނދުނު 06:00 ން 12:00 އަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ބަންގްލަދޭޝް ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް ތޫފާނަކަށް ބަދަލުވެފައިވާކަމަށް އިއްޔެ މެޓު އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް ކޮޅިގަނޑު ރާއްޖެއާއި ދުރަށް ދަތުރުކުރަމުން ދާތީ އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355