ކޮވިޑް 19 ގެ ހާލަތު ގޯޯސްވެ ގިނަ ވިޔަފާރިތަކަކަށް ހީނަރުކަން އައިސްފައިވާތީ ވިޔަފާރިތަކަށް ރިލީފް ލޯން ދޭން ނިންމައިފިއެވެ.
ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަކަށް ގޯސްވަމުން ދާތީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތްތާ އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ
އެންމެ ބޮޑު ދަތިތަކެއް ދިމާވާނީ ވިޔަފާރިވެރިންނަށް ކަމަށްވާއިރު ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ރޭ ބޭއްވި ނޫސްެރިންގެ ބައްދަލުވުވުގައި ވިދާޅުވި އެވެ.
"މިދިޔަ އަހަރެކޭ އެއްގޮތަށް ކުދި ވިޔަފާރިތަކަށް ސޮފްޓް ލޯނުތަކެއް ދިނުމަށް ވަރަށް އަވަަހަށް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ބީއެމްއެލް މެދުވެރިކޮށް އަނެއްކާ ވެސް ވިޔަފާރިތަކަށް ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމައިފައި ވާއިރު ރައީސް ވިދާޅުވީ މި ލޯނުތަކަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އިން ދޭ 20 މިލިއަން ޔޫރޯގެ ފެސިލިޓީގެ ދަށުން ދޫކުރަން ނިންމަވާފައިވާ ލޯނުތަކެއް ކަމަށެވެ. އަދި އެއާއެކު މި ލޯނު ފެސިލިޓީ އަންނަ މަހު ހަމަޖެހޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ފެސިލިޓީގެ ދަށުން ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ވަނީ ލޯނުތައް ދޫކޮށްފައިވާއިރު އީއައިބީ އިން ވަނީ މިދިޔަ އަހަރު ވެސް ރާއްޖޭގެ ވިޔަފާރިތަކަށް އެހީވުމަށް 20 މިލިއަން ޔޫރޯގެ ފެސިލިޓީއެއް ހަމަޖައްސައިފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް އަރާފާނެ ބުރޫތަކަށް ލުޔެއް ހޯދައި ދިނުމަށް ރައީސް ވަނީ އަންނަ މަހުގެ ކަރަންޓު ބިލާއި ފެން ބިލުގެ 20 ޕަސެންޓު މާފުކޮށްދިނުމަށް ނިންމަވައިފަ އެވެ.