twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުރީދޫ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސެއިން ނިޔާޒް އައްޔަންކޮށްފި

ޢަލީ ރަމީޒް
May 26, 2021

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް، އެ ކުންފުނީގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ ހުސެއިން ނިޔާޒު އައްޔަނުކުރައްވައިފި އެވެ. ނިޔާޒު އުރީދޫ މޯލްޑިވްސްއާ ގުޅިވަޑައިގެންނެވީ 2005 ވަނަ އަހަރު އެވެ.

އޭނާ ވަނީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯދައްވާފަ އެވެ. އޭނާ އުރީދޫ މޯލްޑިވްސްއާ ފުރަތަމަ ގުޅިވަޑައިގެންނެވީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގެއެވެ. އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރ ނެޓްވަރކް ޕްލޭނިންގ އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވަރކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކުރުމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް ފައިނޭންސަލް އޮފިސަރު ނަޖީބު ޚާން ވިދާޅުވީ، މީގެ 16 އަހަރު ކުރިން، ނިޔާޒު ޓެކްނީޝަނެއްގެ ގޮތުގައި އުރީދޫއާ ގުޅުމަށްފަހު ރާއްޖޭގައި ނެޓްވަރކް އެޅުމުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައި ހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް ގިނަގުނަ ހިދުމަތްތަކެއްކޮށްދީފައިވާ ކަމަށެވެ.

އެހެންވެ އެކަން ފާހަގަކޮށް އޭނާއަށް ނަޖީބު ވަނީ ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ.

ނިޔާޒު އުރީދޫ މޯލްޑިވްސްގައި ކޮށްފައިވާ ދަތުރަކީ ވަރަށް އިންސްޕަޔަރިންގ ދަތުރެއްކަމަށާއި އެންމެން އޭނާ ހޯދާފައިވާ ކުރިއެރުމާމެދު ފަހުރުވެރިވާކަމަށް ނަޖީބު ފާހަގަކުރެއްވި އެވެ.

"ޓެކްނިކަލް އަދި ކޮމާޝަލް ދާއިރާގައި ހުސައިން ނިޔާޒުއަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން." އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، މިސްޓަރ ނަޖީބް ޚާން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގޭ މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އަހަންމިއްޔަތުކަމެއް ދޭއިރު، ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ނިޔާޒު އައްޔަންކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަނޑައްތުކޮށްފައިވާ ވަރަށް މުހިއްމު މޭލުގާތެއްކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާރމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ.

ސިންގަޕޫރުގެ ސެންޓަރ ފޮރ ކްރިއޭޓިވް ލީޑަރޝިޕް އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޮރ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ނިޔާޒު ފުރިހަމަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355